މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ސްކޮޓްލޭންޑް އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަދި މާގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ޓީމެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި މުބާރާތް ތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ހިމެނުނު ނަމަވެސް މީގެކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްކޮޑްލޭންޑް ކޮލިފައިވެފައިވަނީ 3 ފަހަރުއެވެ. އަދި މީ ސްކޮޑްލޭންޑް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި 4 ވަނަ ފަހަރެވެ. ސްކޮޓްލޭންޑް ޔޫރޯ އަށް ކޮލިފައިވެފައިވަނީ 1992ގަ އާއި 1996 އަދި 2020 ގެ އިތުރުން މި އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ. މި އަހަރުގެ އިތުރުން ސްކޮޑްލޭންޑް ކޮލިފައިވި ކޮންމެ ފަހަރަކުވެސް އެ ޓީމަށް މުބާރާތް…